Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

އަދާލަތުގެ ޓީމް ހުޅުމީދު އަށް

އަދާލަތު ޕާޓީން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

މެމްބަރުން އިތުރު ކުރުމަށް އަދާލަތު ޕާޓީން އައްޑު އަށް މިހާރު ކުރަމުންދާ ދަތުރުގައި މިއަދު މެންދުރު ފަހު އެ ޕާޓީގެ ޓީމް ހުޅުމީދޫ އަށް ހިނގައްޖެ އެވެ.

މިރޭ އެ ރަށުގައި ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަދު ހަވީރު ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ދޮރުން ދޮރަށް ހިނގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެނގިފައިވެ އެވެ.

އަދާލަތު ޕާޓީން އައްޑު އަށް ކުރާ ދަތުރުގައި އެ ޕާޓީގެ ރައީސް ޝެއިހް އިމްރާމް އަބްދުﷲގެ އިތުރުން އެ ޕާޓީގެ ތަރުޖަމާން އަދި އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ވެސް ޕާޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފަރޮސްމާތޮޑާ ދާއިރާގެ މެމްބަރު އަބްދުﷲ މުއްތޮލިބް ހިމެނިވަަޑަައިގަންނަ އެެވެ.

ހިތަދޫގައި ވެސް ރޭ ވަނީ އަދާލަތުގެ ޖަލްސާއެއް ބާއްވާފަ އެވެ. އެ ޕާޓީގެ ޓީމް އައްޑޫން ފުރާނީ ހޯމަ ދުވަހު އެވެ.