Last Updated: May 31, 09:27
Saturday, May 31, 2025
ޚަބަރު

25/25 ގައި މާލޭގައި 59 ކައިވެނި

މިއަދުގެ ރީތި ތާރީހު ކަމަށްވާ 25-05-25 ގައި މާލޭގައި 59 ކައިވެނިކޮށް ދޭން ތާވަލުކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

އެ ކޯޓުން ބުނި ކައިވެނިތަކުގެ ތެރެއިން 23 ކައިވެނިކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ކޯޓްގެ ރަސްމީ ގަޑީގައި ކަމަށާއި އަނެއް 36 ކައިވެނި ކޮށްދެނީ ނުރަސްމީ އެކި ގަޑިތަކުގައި ކަމަށެވެ.

މިއަދު މާލޭގައި 59 ކައިވެނިކޮށްދޭ އިރު، ވަރިއާ ގުޅުންހުރި 22 މައްސަލައެއް ވެސް މިއަދަށް ފެމިލީ ކޯޓްގައި ތާވަލުކޮށްފައިވެ އެވެ.

އެ ކޯޓުން ބުނީ މިއަދަކީ މިއީ މި އަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި ތެރޭ އެންމެ ގިނަ ކައިވެނިކޮށް ދޭ ދުވަސް ކަމަށެވެ. އެހެންވެ މިކަމަށް ފަސޭކޮށްދި ނުމުގެ ގޮތުން ފެމިލީ ކޯޓްގެ ބޭރުގައި ޓެންޓް ޖަހައި ގޮނޑިތައް ވެސް ޖަހާފައިވެ އެވެ.