Last Updated: May 31, 12:56
Saturday, May 31, 2025
ޚަބަރު

ހުޅުދޫގެ އިންޖީނަކަށް މައްސަލައެއް ދިމާވެއްޖެ

އައްޑޫ ހުޅުދު އަށް ކަރަންޓް ދޭ އިންޖީނެއްގައި މައްސަލައެއް ޖެހުމާ ގުޅިގެން އެކަން ހައްލު ކުރަން ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ މައްސަލަ ދިމާވީ ނުވަ ވަނަ ނަންބަރު އިންޖީނުގެ ރޭޑިއޭޓަރަށް ކަމަށެވެ. އެހެންވެ ދިމާވި މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ހުޅުދު އަކީ އައްޑޫގެ މީހުން ހަ އަވަށުގެ ތެރެއިން ވަކިން އޮންނަ ދެ އަވަށުގެ ތެރެއިން އެއް އަވަށެވެ. ހުޅުދުއާ ގުޅިފައި އޮންނަނީ މީދު އެވެ.

ހުޅުދޫގެ އިންޖީނަކަށް މައްސަލައެއް ޖެހުނު އިރު، އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް މައްސަލަތައް ދިމާވެ ކަރަންޓް ކެނޑުމަކީ ވަރަށް އާންމު ކަމެކެވެ.