Last Updated: May 27, 22:14
Tuesday, May 27, 2025
ޚަބަރު

ޑްރަގް އޮޕަރޭޝަނެއްގައި ބިދޭސީންތަކެއް ހައްޔަރަށް

މާލޭގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 22 ގައި ފުލުހުންގެ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. އަދުި ތަކެތީގެ ވަގުތީ ބަރުދަނުގައި 350.92 ގުރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެމްޑީ މެހެދި ހަސަން، 29، އާއި އަބު ތަލެބް، 47، ގެ އިތުރުން އެމްޑީ ސަލާމް މިއާ، 41، އެވެ.

މި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ އިރު ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.