Last Updated: May 5, 21:07
Tuesday, May 6, 2025
ޚަބަރު

ފޭދޫ ކޯޒްވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ މަރަދޫ ފޭދޫ އާއި ފޭދޫ ދެމެދު އޮންނަ ކޯޒްވޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ އާއި ވީ ފަޅިން ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ގޮސް މަރަދޫފޭދޫ އާއި ދިމާލުން އައި ސައިކަލްގައި ޖެހިގެން ކަމަށެވެ. އޭނާ ބުނި ގޮތުގައި މި އެކްސިޑެންޓްގައި ފޭދޫ އާއި ވީ ކޮޅުން ދުއްވާފައި އައި ސައިކަލްގައި އިން މީހާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި މަރަދޫފޭދޫ އާއި ދިމާލުން އައި ސައިކަލްގައި އިން މީހާއަށް އަނިޔާވެފައެއް ނުވެއެވެ.
12112298_10153011513321150_8899265899270494775_n (1)
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި މިރޭ ހިނގި އެކްސިޑެންޓްގައި ބޮޑަށް ޒަޚަމްވި މީހާ މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.

ހޮސްޕިޓަލުގެ މެނޭޖަރ ޚަދީޖާ ހަފްސާ 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މައުލޫމާތު ދޭގޮތުގައި މިރޭ ހިނގި އެކްސިޑެންޓްގައި ޒަޚަމްވި މީހާގެ ވާތު ފައިގެ ކުޑަހުޅުގެ ލިގަމެންޓަށް ގެއްލުން ވެފައިވާ ކަމަށާއި އޭގެ އިތުރުން އެހެން އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އަދި މިވަގުތަށް ބަލާއިރު ޒަޚަމްވި މީހާގެ ހާލު ސީރިއަސް ނޫންކަމަށެވެ.