Last Updated: May 27, 22:14
Tuesday, May 27, 2025
މުނިފޫހިފިލުވުން

'ސިކަންދަރު' މިހާރު ނެޓްފްލިކްސްގައި

މިދިޔަ މާޗް މަހު ރިލީޒްކުރި ސަލްމާން ޚާންގެ "ސިކަންދަރު" މިއަދު ނެޓްފްލިކްސް އިން ޕްރީމިއާކޮށްފި އެވެ.

އުންމީދުކުރި ވަރުގެ ތަރުހީބެއް ބޮކްސް އޮފީހުގައި ލިބިފައި ނުވާ މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އޭއާރް މުރްގަދޯސް ޑައިރެކްޓްކޮށް ގެނެސްދިން އެކްޝަން ޑްރާމާ ފިލްމެކެވެ.

"ސިކަންދަރު" ގައި ސަލްމާން ޑަބަލް ރޯލެއް ކުޅެފައިވާ އިރު، މީގެ ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަރުމަން ޖޯޝީ، ކާޖަލް އަަގަރްވާލް، ޕްރަތީކް ބައްބަރް، ސަތިއަރާޖް، ސަންޖޭ ކަޕޫރް އަދި ނަވާބު ޝާހް ހިމެނެ އެވެ.

ޖުމްލަ 200 ކްރޯޑް ރުޕީސް (23.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ސިކަންދަރު" އަކީ ކުރި ހަރަދު ވެސް ފޫބެއްދޭ ފިލްމެކެވެ. ބޮކްސް އޮފީހުގައި ފިލްމަށް ލިބުނީ 177 (21 މިލިއަން ޑޮލަރު) އެވެ.

ސަލްމާން މިހާރު އަންނަނީ ޑައިރެކްޓަރު އަޕޫރްވާ ލާކިއާ ހަދަން ނިންމާފައިވާ ހަނގުރާމަ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖިއޯ ސްޓޫޑިއޯ އިން ޕްރޮޑިއުސްކުރާ ފިލްމުގެ ޝޫޓިން ޖުލައި މަހުގެ ތެރޭގައ ފަށާނެ އެވެ.