Last Updated: May 27, 22:14
Tuesday, May 27, 2025
ދުނިޔެ

ލަންކާގެ ކުރީގެ މިނިސްޓަރަކު ހައްޔަރުކޮށްފި

އެޕާޓްމަންޓުން ހަތިޔާރެއް ފެނުނު މައްސަލައަކާ ގުޅިގެން ސްރީ ލަންކާގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ ދުމިންދާ ޑިސަނަޔަކެ ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ކުރީން އެގްރުކަލް މިނިސްޓަރުކަމާއި އިރިގޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި ދުމިންދާ ހައްޔަރުކުރީ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) އިން ފެށި ތަހުގީގަކާ ގުޅިގެން ކަމަށެވެ. ދުމިނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން މައުންޓް ލެވީނިއާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މި މަހުގެ 29 އާ ހަމައަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.

ދުމިންދާ، 46، ގެ އެޕާޓްމަންޓުން ގޯލްޑް ޕްލޭޓް ޓީ-56 ގެ ރައިފަލެއް ފެނުނު މައްސަލައާ ގުޅިގެން ދެ އަންހެނަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. ބައެއް މީޑިއާތަކުން ބުނީ ހައްޔަރުކުރި ދެ އަންހެނުންނަކީ 69 އަހަރުގެ އަންހެނަކާއި އޭނަ އަށް ބޮޑުދައިތަ ކިޔާ މީހެއް ކަމަށެވެ. އަދި އެ މީހުންނަކީ ދަބަހަކަށް ލައިގެން ދުމިންދާގެ އެޕާޓްމަންޓަށް ރައިފަލު ގެންދިޔަ މީހުން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ލަންކާގެ އެގްރިކަލްޗަ މިނިސްޓަރުު މަގާމު ދުމިންދަ އަދާކުރެއްވީ 2015-2018 އަށެވެ. އަދި އިރިގޭޝަން މިނިސްޓަރުކަން ކުރެއްވީ 2025 ގަ އެވެ. ދުމިންދަ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އެވެ.