ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 21 މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީކުޑަކުދިންނާ ގުޅޭ 98 މައްސަލައަކާއި އާއިލާތަކާ ގުޅޭ 32 މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޔރުމާ ގުޅިގެން ބަލާފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 21 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އިރު، އިހުމާލުވުމުގެ 32 މައްސަލައަކާއި ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމުގެ 18 މައްސަލައެއްގެ އިތުރުން، ސައިބަ ގްރޫމިންގެ 12 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކުޑަކުދިންނަށް އަނިޔާގ ކުރުމުގެ ޖުމްލަ 98 މައްސަލައެއް ބެލިއިރު، އޭގެ ތެރޭގައި ހިމެނެނީ 51 އަންހެން ކުދިންނާއި 47 ފިރިހެން ކުދިންނެވެ.
މާޗް މަހުގެ ތެރޭގައި މިނިސްޓްރީން 65 މައްސަލައެއް ބަލާފައިވެ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާ އިރު، މިދިޔަ އަހަރު އެކަނި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 300 އެއްހާ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ.