Last Updated: May 27, 22:14
Tuesday, May 27, 2025
ޚަބަރު

ފޮރިން މިނިސްޓަރު އިންޑިއާ އަށް

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ އެކު ހަލީލު.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ފުރާވަޑައިގަތީ މިއަދު ހެނދުނެވެ.

ތިން ދުވަހަށް ހަލީލު އިންޑިއާ އަށް ކުރައްވާ ދަތުރުަގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖަަޔަޝަންކަރާ ވެސް ބައްދަލުކުރައްވާވާނެ އެވެ. މިނިސްޓަރުގެ މު ދަތުރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ހައި ލެވެލް ކޯ ގްރޫޕް (އެޗްސީއެލްޖީ) ގެ ބައްދަލުވުމަށް ކުރައްވާ ދަތުރެކެވެ.

އެ ބައްދަލުވުން ނިއު ދިއްލީގައި ބާއްވާނީ މާދަމާ އެވެ.

އެޗްސީއެލްޖީގެ ބައްދަލުވުންތައް ބާއްވަމުން އަންނަނީ އިންޑިއާ އާއި ރާއްޖޭގަ އެވެ.