Last Updated: May 27, 22:14
Tuesday, May 27, 2025
މުނިފޫހިފިލުވުން

'އަބަދަށް' އައްޑޫގައި އަޅުވަނީ

މި އަހަރު އޮލިމްޕަހަށް ގެނައި ފުރަތަމަ ފިލްމު "އަބަދަށް" އައްޑޫގައި އަޅުވަން ނިންމައި، ފިލްމުގެ ޓިކެޓް ބުކް ކުރަން ހުޅުވާލައިފި އެވެ.

ހުސައިން ނުރައްދީން (ނޫރު) ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ދެ ޝޯއެއްގަމުގައި ދައްކާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެއީ އަންނަ މަހުގެ 13 އާއި 14 ގަ އެވެ. މި ޝޯތަކުގެ ޓިކެޓް ބޭނުންވާ މީހުން މި ނަމްބަރަށް 7891177 ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.

އެޕްރީލް މަހުގެ 28 އިން މި މަހުގެ 17 އާ ހަމައަށް އޮލިމްޕަހުގައި ދެއްކި "އަބަދަށް" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2011 ގެ "ލޫދިފާ" ގެނެސްދިން ޑައިރެކްޓަރު މޫމިން ފުއާދުގެ ފިލްމެކެވެ. އިޖުތިމާއި ވަރަށް ގިނަ މައްސަލަތަކެއް ދައްކުވައިދޭ "އަބަދަށް" މައިގަނޑު ކާސްޓްގައި ހިމެނެނީ ވާޝިޔާ މުހައްމަދު، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަހުމަދު ޝާރިފް، އިސްމާއީލް ރަަޝީދު (ކޮޕީ އިއްސެ) އަދި ސޫޒަން އިބްރާހީމްފުޅެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި "އަބަދަށް" ގެ ޝޯތަކެއް ދައްކަން ނިންމި އިރު، މި ފިލްމު މިހާތަނަށް ބައެއް ރަށްރަށުގައި ދައްކާފައިވެ އެވެ.