Last Updated: May 27, 22:14
Tuesday, May 27, 2025
ޚަބަރު

ތެލަސީމިއާ ސެންޓަރު ރަސްމީކޮޮށް ހުޅުވައިފި

ހުޅުމާލޭގައި މި މަހުގެ ކުރީކޮޅުން ފެށިގެން ހިދުމަތް ދެމުނ އަންނަ އާ ތެލަސީމިއާ ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ހުޅުމާލޭގެ އޮރެންޖް ހިޔާގައި ގާއިމުކޮށްފައިވާ ސެންޓަރު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޤިޔާސް، އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.

މި ސެންޓަރުގެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރަށް މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައިނުލެވި ދިގުލައިގެން ގޮސްފައި ވަނީ އެތަން ނިންމައި ހިދުމަތް ދޭން ފެށީ ސިފައިންނާ ހަވާލުކޮށްގެން މަސައްކަތްތައް ނިންމުމަށް ފަހު އެެވެ. އެގޮތުން އޮރެންޖް ހިޔާގައި ހެދި ތެލަސީމިއާ ސެންޓަރުގެ މަސައްކަތް އެމްއެންޑީއެފުން އެތަން ހެލްތު މިނިސްޓްރީއާ ހަވާލުކުރީ މި މަހުގެ 8 ގައި ފާހަގަކުރި މި އަހަރުގެ ތެލަސީމިއާ ދުވަހު އެވެ.

ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތައް މިހާރު ދެމުން އަންނަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކޮށްގެންނެވެ.