މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް މިއަދު ފަށައިފި އެވެ.
އެ ހޮސްލިޓަލުން ބުނީ އެ ހިދުމަތް މުލީ ހޮސްޕިޓަލްގައި ފެށުމަކީ މުޅި މ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއީ މިއަހަރުގެ މިހާތަނަށް ޑައިލިސިސްގެ ޚިދުމަތް ފެށި ތިން ވަނަ ރަށެވެ. މިއަހަރު ގެ ފެބުރުއަރީ މަހު، ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައަލިސިސްގެ ޚދިުމަތް ވަނީ ފަށާފައިވާ އިރު، މިދިޔަމަހު ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ވެސް އެ ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.
ސަރުކަރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ.
ޑައިލިސިސްގެ ޚިދުމަތް މިހަރު ނުލިބެނީ އއ، އދ، ވ، ފ، އަދި ދ އަތޮޅުގަ އެވެ.