Last Updated: May 27, 22:14
Tuesday, May 27, 2025
ޚަބަރު

އުލިގަން ޕްރޮމޯޓް ކުރަން ސްލޯގަންއެއް ހޯދަނީ

ހއ. އުލިގަން ޕްރޮމޯޓްކުރުމަށްޓަކައި ހާއްސަ ސްލޯގަންއެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ރަށު ކައުންސިލުން ބުނީ ރަށް ޕްރޮމޯޓް ކުރަން ހާއްސަ ސްލޯގަންއެެއް ކަނޑައަޅަން ނިންމީ ކައުންސިލްގެ 204 ވަނަ ޖަލްސާގައި ކަމަށެވެ. އެހެންވެ އާންމުންގެ ރައްޔިތުންގެ ހިޔާލު އެކަމަށް ހޯދަން ހުޅުވައިލީ އެވެ.

އުލިގަން ޕްރޮމޯޓްކުރަން ހާއްސަ ސްލޯގަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ސްލޯގަން ހުށަހަޅަން ޖެހެނީ އިނގިރޭސި ބަހުންނެވެ. ސްލޯގަން ހުށަހަޅާނީ މި ލިންކް forms.office.com/r/0JxtVD5MF3 މެދުވެރިކޮށެވެ.