Last Updated: May 27, 22:14
Tuesday, May 27, 2025
ޚަބަރު

އައްޑޫ އިޝްތިހާރުކުރަން ޓީމެއް ޗައިނާ އަށް

ޓޫރިޒަމް އިޝްތިހާރު ކުރަން ދުނިޔޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފެއާތަކުގެ ތެރޭގައި ހިމެނޭ އައިޓީބީ ފެއާގައި އައްޑޫގެ ޓޫރިޒަމް އިޝްތިހާރުކުރަން ޓީމެއް ޗައިނާ އަށް ފުރައިފި އެވެ.

އައިޓީބީ ފެއާ ކުރިއަށް ދާނީ މި މަހުގެ 27-29 އަށް ޗައިނާގެ ޝަންހާއީގަ އެެވެ.

މި ފެއާ އަށް އައްޑޫން ދިޔަ ޓީމުގައި އިސްކޮށް ހުންނެވީ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒެވެ. މި ޓީމުގައި ދެން ހިމެނެނީ އައްޑޫގެ ގެސްޓްހައުސްތައް ހިންގާ އިސް ފަރާތްތަކެވެ.

މި އަހަރުގެ އައިޓީބީ ފެއާގައި އައްޑޫގެ ޓޫރިޒަމް އިޝްތިހާރު ކުރަން ހަމަޖެހިފައިވާ އިރު، މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ "އައްޑޫ؛ ބިޔޯންޑް ދި އައްޑޫ" ގެ ނަމުގައި ބްރޭންޑްކޮށް، މިދިޔަ އަހަރުން ފެށިގެން އަންނަނީ އިޝްތިހާރު ކުރަމުންނެވެ.

އެގޮތުން ބޭރުގެ ބައެއް ފެއާތަކުގައި މިދިޔަ އަހަރު ވެސް އައްޑޫ އިޝްތިހާރުކޮށްފައިވެ އެވެ. އެގޮތުން އިނގިރޭސިވިލާތް، ޗައިނާ އަދި ބަންގްދޭޝްގައި ބޭއްވި ފެއާތަކެއްގައި އައްޑޫ އިޝްތިހާރުކޮށްފައިވެ އެވެ.