Last Updated: May 28, 06:12
Wednesday, May 28, 2025
ޚަބަރު

މި އަހަރުގެ 'ޔޫތު ކޭމްޕް' ކުޑަގިރީގައި

މި އަހަރުގެ "ޔޫތު ކޭމްޕް" ކުޑަގިރީގައި ބާއްވަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރިން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައި ނީ މި މަހުގެ 31 ވަނަ ދުވަހު، ހެނދުނު 7:00 އިިން ރޭގަނޑު 7:00 އަށެވެ.

"ޔޫތުު ކޭމްޕް" ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެގޮތުން ކިއުއާރްކޯޑް ބޭނުންކޮށްގެން ނުވަތަ ފުރިހަމަ ނަމާއި ނަންބަރު އަދި އުމުރު 7925704 އަށް ފޮނުވައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.

ޔޫތު މިނިސްޓްރީން ކޭމްޕްގައި ތަފާތު ގިނަ ހަރަކާތްތަކެއް ރާވާފައިވާ އިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ވެސް ދޭނެ ކަމަށެވެ.

މިދިޔަ އަހަރު "ޔޫތު ކޭމްޕް" ބޭއްވީ މިހާރު ހުޅުމާލޭގެ ބައެއްގެ ގޮތުގައި އޮންނަ ފަރުކޮޅުފުށީގަ އެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ބޭއްވި އެ ކޭމްޕުގައި 46 ޒުވާނަކު ބައިވެރިވި އެވެ.

މި އަހަރު ކޭމްޕް ބާއްވާ ކުޑަގިރި އަކީ މާލެ ސަރަހައްދުގެ ޕިކްނިކް އައިލޭންޑެވެ.