Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އެފްބީ ލައިވެއްގައި އަންހެނަކު ބަރަހަނާވި މައްސަލައެއް

ފޭސްބުކް ލައިވެއްއި ދިވެހި އަންހެނަކު ބަރަހަނާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި ލައިވެއް ކުރިއަށް ގެންދިޔަ އަންހެނަކު ބަރަހަނާވެ ޖިންސީ އަމަލުތަކެއް ހިންގާފައި ވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް، އެ މައްސަލާގައި ހިމެނޭ މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މިހާތަނަށް އެ މީހާ ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ފަހަކަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަހުލާގީ ގޮތުބް ދަށް ފެންވަރުގެ ބޭއަދަބީ އަމަލުތައް ހިންގުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ.