Last Updated: May 28, 08:58
Wednesday, May 28, 2025
ޚަބަރު

ގައުމިއްޔަތުގެ ނަމުގައި މުންކަރާތް ނުހިންގަން ގޮވާލައިފި

ސަގާފަތާއި ޤައުމިއްޔަތުގެ ނަމުގައި ދައުލަތުގެ ވުޒާރާތަކާއި ކައުންސިލުތަކުން އީދު ކުޅިވަރުގެ ނަމުގައި ދެ ޖިންސު މަސްހުނިކޮށް އަންހެންވެރިން ނެރެގެން ނައްޓުވައިގެން ހިންގާ މުންކަރާތްތައް ދިރުވާ އާލާކުރުމަކީ ހިތާމަހުރި ކަމެއް ކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްތެއްގައި އޭނަ ވިދާޅުވީ އެފަދަ އެންމެހާ މުންކަރާތްތައް ހުއްޓާލުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާ ކަމަށެވެ.

"އަދި އެންމެ މާތް ވެގެންވާ ޙައްޖު މަހުގެ ދުވަސްތަކުގައި މިފަދަ މުންކަރާތްތަކުގައި ބައިވެރިނުވުމަށް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވަން." ޝެއިހް ވިދާޅުވި އެވެ.

ސަފަލު ޖަމިއްޔާގެ ރައީސް ޝެއިހް އަހުމަދު ސަމީރު ވެސް ވަނީ ކައުންސިލްތަކުން އީދު ފާހަގަކުރަން އިސްލާމް ދީނާ ހިލާފު ކަންކަން ރާވައި މުންކަރަކާތްތައް ހިންގަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އެފަދަ ކަންކަން ނުކުރުމަށް ގޮވާލައްވައިފަ އެވެ.

އީދު ފަދަ ދީނުގެ ހާއްސަ ދުވަސްތައް ރާއްޖޭގައި މިހާރު ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ އިރު، ދެ ޖިންސު މަސްހުނިވެގެން ހިންގާ ހަރަކާތްތައް ބާއްވާތީ ވަރަށް ގިނަ ދީނީ އިލްމުވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ގެންދަވަ އެވެ.

ކުރިއަށް އޮތް ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރާއި ކައުންސިލްތަކުން މިހާރު އަންނަނީ ފޯރީގައި ތައްޔާރީތައްވަމުންނެވެ.