Last Updated: August 17, 23:06
Sunday, August 17, 2025
ޚަބަރު

މީދޫގެ ރައްޔިތުންނަށް ވެސް މެންބަރު ޝާޑުގެ އެހީތެރިކަން

މީދޫ އަންހެނުންގެ ފުޓްސެލް ޓީމަށް ހުޅުދޫ ދާއިރާގެ މެންބަރ މުހައްމަދު ޝާހިދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މީދޫ ފުޓްސަލް ދަނޑަށް ވަޑައިގެން ޝާޑް ވަނީ މީދޫ ޓީމްގެ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވައި އެ ޓީމްގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ. އަދި މި ބައްދަލުވުމުގައި ޝާޑް ވަނީ މީދޫ ޓީމަށް ފުޓްބޯޅަތަކެއް ވެސް ހަދިޔާކޮށްފައެވެ.

މީދޫ އަންހެނުންގެ ޓީމުގެ ކުޅުންތެރިޔަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ވަކި ރަށަކަށް ނުބަލައި ޝާޑް ދެރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަކީ އެމީހުން އުފަލާއި އެކު ބަލައިގަންނަ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެމްބަރަކަށް ވުމުގެ ކުރިންވެސް ޝާޑް އަކީ ހުޅުމީދޫގެ ތަރައްޤީއަށް އެހީތެރިވަމުން އައި ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.