އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ހުޅުމާލޭގެ އާ މާސްޓަ ޕްލޭން މިއަދު އިފުތިތާހުކޮށްފި އެވެ.
ކުރިން އެކުލަވާލި ހުޅުމާލެ މާސްޓަ ޕްލޭން މުރާޖާކޮށް އެކުލަވައިލި މާސްޓަ ޕްލޭން މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްއްޔާތެއްގައި އިފުތިތާހުކޮށް ދެއްވީ ރައީސް ރ. މުހައްމަދު މުއިއްޒެވެ.
ހައުސިން ޑިވެލޮޕްމަންް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިހާރުގެ މެނޭޖްމަންޓުން މާސްޓަ ޕްލޭން އަލުން ރިވައިޒްކުރުމަށް ފަހު މިއަސު އަލުން އިފުތިތާހުކުރީ ހުޅުމާލޭގައި އިތުރުވަމު އަންނަ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިވާ ގޮތަށެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބިންތައް ހިއްކާފައިވުމާއި، ބިމުގެ ޖާގަ އިތުރުވުމާ ގުޅިގެން އެ ބިންތައް ބޭނުން ކުރާނެގޮތް ތަކާ މެދު ފަންނީ ގިނަ މަޝްވަރާތަކަކާއި ލަފާތަކެއް އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން ހޯދާފައިވެ އެވެ.
އާ ޕްލޭނުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުން ވާނެ ޚިދުމަތްތަކާއި އިތުރު ވަސީލަތްތައް ގާއިމު ކުރާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގެ މާސްޓަ ޕްލޭންގެ 3ޑީ މޮޑެލެއް ވެސް ދައްކާލައފަ އެވެ. އަދި އެޗްޑީސީގެ އާ ވެބްސައިޓް ލޯންޗްކުރި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިއްކައިގެން ތަރައްގީކުރަން ފެށި ހުޅުމާލޭގައި މީހުން އާބާދުވާން ފެށީ 2004 ގަ އެވެ. ހުޅުމާލެ މިހާރު އޮންނަނީ ބްރިޖަކުން މާލެ އާއި ހުޅުމާލެއާ ވެސް ގުޅޭ ގޮތަށެވެ.