ރާއްޖެ އިން ކޮރަޕްޝަން ނައްތައިލުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން އިތުރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ފަލަސްޠީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އޭގައި ރާއްޖޭގެ އޭސީސީގެ ރައީސް އާދަމް ޝާމިލެވެ. ފަލަސްޠީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ޗެއާމަން ޑރ. ރާއިދު މަހުމޫދު ރަދުވާން އެވެ.
އެއްބަސްވުމުގައި ސޮއިކުރީ "ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025" ގެ ތެރެއިންނެވެ.
އޭސީސީން ބުނީ އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުން ދިނުމާއި، މަޢުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާ ކުރުން ފަދަ ދާއިރާތަކުން ކަމަށެވެ. މީގެ އިތުރުން ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމާއި ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުން ވެސް ހިމެނެ އެވެ.