މާލޭގެ ގެއަކުން ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާކޮށް ދޭން އެދި އެ ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ހ. ފެންޓެނޯއިގެ ނުވަވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި ރައުދު، 22، ގެ މައްޗަށް ފުލުހުން ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށް ނުދިނުމާއި މަސްތުގެ ހާލުގައި ހުރިކަމުގެ ކުށުގެ ތުހުމަތެވެ.
ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ގަރީނާ އެވެ.