"ފިއުޗާ ރެޑީ ޔޫތު ޕްރޮގްރާމް" ގެ ދަށުން ވަޒީފާގެ ފުރުސަތަކަށް 600 ޒުވާނުން ތަމްރީނު ކުރަން ނިންމައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އވެ.
މި އެެއްބަސްވުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީ ހަދާފައި ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އައިލޭންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިޔުކޭޝަން (އައިއައިޓީއީ) އާ އެކީގަ އެވެ. އެމްއައޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑައިރެކްޓަ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމެވެ. އައިއައިޓީއީގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް ޑިރެކްޓަރު ފާތިމާތު މައީޝާ އެވެ.
މޯލްޑިވްސް: އެންހޭންސިން އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު ޕްރޮޖެކްޓް (މީރީ ޕްރޮޖެކްޓް) ގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ "ފިއުޗަ-ރެޑީ ޔޫތު ޕްރޮގްރާމް"ގެ ދަށުން 600 ޒުވާނުންނަށް ޓިވެޓް ދާއިރާ އިން ތަމްރީނު ފޯރުކޮޑް ދޭނެ އެވެ.
އެގޮތުން 18 ކޯހެއް ހިންގުމަށް ހަމަޖެހިފައިވެވެ އެވެ.
މި އެއްބަސްވުންތަކުގައި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ
"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް"ގެ މަގުސަދުތަކުގެ ތެރޭގައި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނު ކުރުން ހިމެނެއެވެ.
އެގޮތުން މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 16-35 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ.
މީރީ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކްގެ އެހީގައި ހިންގާ 20 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.
"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ދަށުން ކުރިއަށް ގެންދާ ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިއަރީ ހިމެނޭ ގޮތަށް ހިންގާ ކޯސްތަކެކެވެ.
ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަށް;
އެމްއައިޓީގެ ކޯސްތައް:
– ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިން
– ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިން
– ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިން
– ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސެސް
– ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސެސް
– ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ
– ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު
– ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް
– ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ
– ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ
– ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން
އައިއައިޓިއީގެ ކޯސްތައް:
– ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް
– ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ
– ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް
– ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަ ހާޑްވެއާ އެންޑް ނެޓްވޯކިން
– ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިން
– ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯޓަރީ ޓެކްނީކްސް
– ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް