ސެމްސަންގް ގަޑިއަށް އުރީދޫން އީ-ސިމް ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިއީ ރާއްޖޭގައި ސެމްސަންގް ގަޑިއަށް އެ ހިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ސްމާޓްވޮޗުން ސީދާ ގުޅާލެވުމުގެ ފުރުސަތު ފަހިކޮށްދީ، ފޯނު ކައިރީގައި ނެތް ވަގުތުތަކުގައި ވެސް ކަނެކްޓްވެފައި ހުރުން ޔަގީންކޮށް ދޭނެ ހިދުމަތެކެވެ.
އުރީދޫން ބުނީ މި ހިދުމަތް ލިބޭނ ރާއްޖެ ސަރަހައްދަށް ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށް ކަމަށެވެ.
މީގެ އެހީގައި ފޯނު ކޯލް ކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން ސެމްސަންގް ސްމާޓްވޮޗުން މީހުން ބޭނުންވާ އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެއެވެ. އަދި އީސިމް ކެޕޭބިލިޓީގެ ސަބަބުން ފަސޭހަކަމާއެކު ކަނެކްޓިވިޓީ ލިބި، ބޭނުންކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމާއި ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
.
ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ހިލޭ މިހާރު ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ މުއްދަތަށް ފަހު ކޮންމެ މަހަކު 199ރ. ގެ ޗާޖެއް ނަގާނެ އެވެ.