Last Updated: May 28, 08:58
Wednesday, May 28, 2025
ޚަބަރު

ވަޒީފާ އަށް ހާޒިރު ނުވާ ޓީޗަރަކަށް މުސާރަ ދީފި

ވަޒީފާ އަށް ހާޒިރުވެ ނުވެ މުސާރަ ނެގި ޓީޗަރަކަށް ދައުވާކުރަން ފޮނުވައިފި އެވެ.

މި މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮޕީހަށް ދައުވާކޮށް ދޭން އެދި ހުށަހެޅީ ލ. މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަގާމުގައި ކުރިން ހުންނެވި މުންޑޭ، ހިޔާވަހި، ޢަލީ އާދަމްގެ މައްޗަށެވެ.

މުންޑޫ ސްކޫލުގެ ޓީޗަރަކު ވަޒީފާއަށް ހާޒިރުނުވެ ސިވިލް ސާވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާ އިން ވަކިނުކޮށް، 2015 ގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހާޒިރު ނުވާ ޓީޗަރު ހިމަނައި، ހުއްދަދި ން ފަރާތެއްގެ ހައިސިއްޔަތުން އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

މި މައްސަލައިގައި ދަޢުވާކޮށް ދިނުމަށް އެދި ހުށަހެޅީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ އެވެ.

މި މައްސަލައިގައި ދައުލަތަށް 28317.99 ގެ ގެއްލުން ވެފައިވާ ކަމަށާއި އެހެން ކަމުން މި ފައިސާ އަނބުރާ ހޯދުމަށް އެ ކޮމިޝަނުން މުންޑޫ ސްކޫލަށް އަންގާފައި ވާނެ ވެސް ބުނެފައިވެ އެވެ.