Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ކުރިއަށް އޮތީ މޫސުން ގޯސް ފަސް ދުވަސް

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް އަަތޮޅުތަކަށް، ވައިގަދަވެ، ކަނޑުތައް ގަދަވެ އުދަ އަރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް، ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ލަފާކުރެ އެވެ.

މެޓް އޮފީހުން ވަނީ ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.