ތ. ކަނޑޫދޫ ސްކޫލްގެ ބިދޭސީ ޓީޗަރަކު ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި ޓީޗަރު، ދަރިވަރުގެ އިނގިލީގައި ހިފައި އަނބުރާލި ގޮތަށް ހުޅުން ނައްޓައިލި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އެކަމާ ގުޅިގެން ޓީޗަރު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ.
ދާދި ފަހުން އައްޑޫގެ ސްކޫލެއްގެ ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި މައްސަލައެެއް ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.