Last Updated: May 28, 06:12
Wednesday, May 28, 2025
ޚަބަރު

ޖޮއިންޓް ވެންޗާކޮށް ގަމުގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫ ގަން އެއާޕޯޓްގައި ޖޮއިންްޓް ވެންޗާއެެއްގެ ދަށުން ކެފޭއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އޭއައިއޭ) އިން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުުނީ އޭއައިއޭ ގުޅިގެން އުފައްދާ ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ދަށުން ކެފޭއެއް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އޭއައިއޭ އިން ބުނީ ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނީ އެންމެ ލިބޭ އީއައިއޯތަކަށް ބެލުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މި މެއިލް tenders@ganairport.aero މެދުވެރިކޮށް ސާފު ކުރެވޭނެ އެވެ.

އެއާޕޯޓްގައި ކެފޭއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ހުޅުވައިލި އިރު، އޭއައިއޭ އިން މިހާރު ވެސް އަންނަނީ އެއާޕޯޓްގައި ކެފޭއެއް ހިންގަމުންނެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް މިހާރު ހިނގަމުން އަންނަ އިރު، ކުރިއަށް އޮތް ތަނުގައި މި އެއާޕޯޓް ވާނީ ދެކުނު މައި ހަބަކަށް ކަމަަށް ސަރުކާރުން ބުނެފައިވެ އެވެ. ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްއިންނެވެ.

މި މަޝްރޫއު އިފުތިތާހުކުރީ 2023 ގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި މި މަޝްރޫއު ނިންމާ ގޮތަށް އޮތީ މި އަހަރުގަ އެވެ.