Last Updated: June 8, 06:42
Monday, June 8, 2026
ޚަބަރު

ޗޮކްލެޓެއް ވަގަށް ނަގައިގެން ކެއި މީހަކު ބަންދަށް

މާލޭގެ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގައިގެން ކެއި މީހަކު ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފި އެވެ.

'ރެޑްވޭވް ޕްލާޒާ' އިން 14ރ. ވިއްކާ ޗޮކްލެޓެއް ވަގަށް ނަގައި، ކެއި މައްސަލައިގައި 15 ދުވަހަށް ކްރިމިނަލް ކޯޓުން އިއްޔެ ބަންދަށް މުއްދަތު ޖެހީ ހދ. ހަނިމާދޫ، ޒަވާދަވިއު، ޝުރައިޚު ޝަރީފް، 37، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ ވައްކަންކުރުމުގެ ކުށުގެ ތުހުމަތެވެ. ފިހާރަ އިން ވަގަށް ނަގައިގެން ޝުރައިހް ކައިފައި ވަނީ "ސްކިނާ" ބްރޭންޑުގެ 50 ގްރާމްގެ ޗޮކުލެޓެކެވެ.

އޭނަގެ ބަންދު އަމުރުގައިވާ ގޮތުން ބަންދުގައި ބަހައްޓަން އަމުރުކިރީ ޝުރައިހް ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ޝުރައިހް،އަކީ މި އަހަރު ތެރޭގައި ތިން ފަހަރެއްގެ މަތިން ކުށުގެ އެކި ތުހުމަތުގައި ހައްޔަރަށް ގެންގޮސްފައިވާ މީހެކެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލަ ވެސް ހިމެނެ އެވެ.