Last Updated: May 29, 11:24
Thursday, May 29, 2025
ޚަބަރު

ހައްޖާޖީންގެ ދެވަނަ ގްރޫޕް ފުރައިފި

ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުންގެ ތެރެއިން ދެވަނަ ގްރޫޕް މިއަދު ފުރައިފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގައި ހެނދުނު 8:11 ގައި ފުރީ 256 ހައްޖާޖީންނެވެ. އެ ފްލައިޓް ޖިއްދާ އެއާޕޯޓްގައި ޖައްސާނެ ކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން މެންދުރު ފަހު 1:43 ހާއިރު އެވެ.

ހައްޖާޖީންގެ ދެވަނަ ގްރޫޕް މިއަދު ފުރި އިރު، އިއްޔެ ފުރި ފުރަތަމަ ގްރޫޕްގައި 235 މީހުން ހިމެނެ އެވެ.

ރާއްޖެ އިން ހައްޖަށް ދާ ބާކީ ދެން ތިބި މީހުން ފުރަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފައްޗާއި ހުކުރު ދުވަހު އެވެ.

ދިވެހި ޙައްޖުވެރިން މިފަހަރު މައްކާ އަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ފުރިހަމަ ކުރުމަށް ފަހު އެވެ.

ރާއްޖެ އިން ހައްޖަށް މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ހައްޖަށް ދާ މީހުންގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ 50 ފަގީރުން ވެސް ހިމެނެ އެވެ.

ރާއްޖެ އަށް ލިބިފައި ވަނީ 1،000 ހައްޖު ކޯޓާ އެވެ.