މި އަހަރުގެ ބައޯޑައިވަސިޓީ ދުވަހާ ގުޅުވައިގެން އައްޑޫ ނޭޗާ ޕާކުން ހުޅުވައިލި ފޮޓޯ މުބާރާތުގެ ވަނަތައް ހޮވައިފި އެވެ.
އާންމުކޮށް ހުޅުވާލައިގެން "ސަސްޓައިނަބަލް ޕްރެކްޓިސެސް އިން ދަ މޯލްޑިވްސް" ތީމަށް ބޭއްވި ފޮޓޯ މުބާރާތުގެ އެއް ވަނަ އަކީ ދިވެހިންގެ ސަގާފީ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވިޔުމާ ގުޅޭ ފޮޓޯއެކެވެ.
ދެވަނަ ލިބުނީ ދިވެހިންގެ ތެރޭގައި ވަރަށް ހާއްސަ ކެއުމެއް ކަމަށްވާ އޮޅުއަލަ ހައްދާ މަންޒަރު ފެންނަ ފޮޓޯއެކެވެ.
ތިން ވަނަ ލިބުނު ފޮޓީ އަކީ ލަކުނޑިން ހަދާފައިވާ އުއްބަތި ސްޑޭންޓްތަކެއް ފެންނަ ފޮޓޯއެކެވެ.
ނޭޗާ ޕާކުން ބޭއްވި ފޮޓޯ މުބާރާތުގެ އެއް ވަނަ ފޮޓޯ އަށް 3،500ރ. ދީފައިވާ އިރު، ދެވަނަ އަށް 2،500ރ. އަދި ތިން ވަނަ އަށް 1،500ރ. ދީފައިވެ އެވެ.
މި މުބާރާތް ބޭއްވީ 16 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.
ބައޯޑައިވަސިޓީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ މެއި މަހުގެ 22 އެވެ.