ޕްރީމިއާ ލީގް ޗެމްޕިއަންކަން އާދީއްތަ ދުވަހުގެ ރޭ ހޯދި ލިވަޕޫލްގެ ކާމިޔާބީ ފާހަގަ ކުރަން އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ޕެރޭޑެއްގެ ތެރެއަށް ކާރެއް ވަދެ، ހިނގި ނުރައްކާތެރި ހާދިސާއެއްގެ ސަބަބުން ސަޕޯޓަރުންގެ އުފާފާޅު ކުރުމުގެ ހަރަކާތް ހުއްޓުމަކަށް އަތުވެއްޖެ އެވެ
މީޑިއާތަކުން ބުުނީ ލިވަޕޫލްގެ ކާމިޔާބީ ފާހަގަކުރަން ލިވަޕޫލްގެ ވޯޓާ ސްޓްރީޓްގައި އިއްޔެ ޕްރީމިއާ ލީގުގެ ޓްރޮފީއާ އެކު ކުރިއަށް ގެންދިޔަ ޕެރޭޑްގެ ތެރެއަށް ބާރު ސްޕީޑްގައި ދުއްވި ކާރެއް ވަދެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެ ހާދިސާގައި ޒަހަމްވި 50 މީހެއްގެ ތެރެއިން 27 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ދެ މީހެއްގެ ހާލު ސީރިއަސް އެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.
މި ހާދިސާއާ ގުޅިގެން ކާރު ދުއްވި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 53 އަހަރޔގެ އިނގިރޭސި ފިރިެނެކެވެ. ފުލުހުން ބުނީ މިކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް ހާދިސާއާ ޓެރަރިޒަމާ އެއްވެސް ގުޅުމެއް އޮތްކަން ފާހަގަ ނުވާ ކަމަށެވެ.
ލިވަޕޫލް ސިޓީ ރީޖަންގެ މޭޔަރު ސްޓީވް ރޮދަރަމް ވިދާޅުވީ ލިވަޕޫލްގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޕެރޭޑްގެ ތެރޭގައި ހިނގި ހާފިސާގެ ސަބަބުން އުފާފާޅު ކުރުމަށް ހިޔަނި އެޅި ގިނަ ބަޔަކަށް ބޮޑު ހިތްދަތި ކަމެއް ލިބިފައިވާ ކަމަށެވެ. އަދި ޒަގަމްވި އެންމެންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.