Last Updated: May 29, 11:36
Thursday, May 29, 2025
ޚަބަރު

ރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން މިދިޔަ މަހުގެ 6 އިން ފެށިގެން މި މަހުގެ 17 އާ ހަމައަށް ރިޕޯޓް ކުރެވި އަރިދަފުސް ރޯގާގެ ކޭސްތައް އިތުރު ކަމަށެވެ. އެގޮތުން މި މުއްދަތުގައި އަރިދަފުސް ރޯގާގެ 43،882 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 36،048 ކޭހެވެ.

އަރިދަފުސް ރޯގޭގެ އިތުރުން އިންފުލުއެންޒާ ވެސް ވަނީ އިތުރުވެފައިވެ އެވެ. މިދިޔަ އަހަރު 50 ކޭސް ރިޕޯޓްކުރި އިރު މިއަހަރު މި މި އައަހަރުގެ މި މުއްދަތުގައި 254 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް މި މުއްދަތުގައި ކޮވިޑް ކޭސްތައް މާ ބޮޑު ތަފާތެއް ނާންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިދިޔަ އަހަރު 38 ކޭސް ރިޕޯޓްކުރި އިރު މި އަހަރު ރިޕޯޓްކުރީ 37 ކޭހެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާ އިރު، ކޮވިޑާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ. އެހެންވެ މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ޑެންގީ ހުންޖެހިގެން ރިޕޯޓް ކުރެވުނު އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު ދަށެވެ.