Last Updated: May 29, 11:57
Thursday, May 29, 2025
މުނިފޫހިފިލުވުން

'ހައުސްފުލް 5' ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ހައުސްފުލް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ތަރޫން މަންސުކާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ގަ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ހައުސްފުލް 5" ޓީޒާއަށާއި މި ފިލްމުން އާންމުކޮށްފައިވާ ބައެއް ލަވަތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެގޮތުން މިދިޔަ އާންމުކުރި "ލާލު ޕަރީ" ލަވަ ވެގެން ދިޔައީ ވަރަށް ބޮޑަށް ޓްރެންޑްވި ލަވައަކަށެވެ.

ކްރޫޒްނައިލާނެއްގެ ތެރޭގައި ގަތުލެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައި ދޭނެ "ހައުސްފުލް" އަކީ ވަރަށް ބޮޑު ކާސްޓެއް ވެސް ފެންނާނެ ފިލްމެކެވެ. ފިލްމުގެ ކާސްޓަށް ބަލާ އިރު، މީގެ ކުރީގެ ހުރިހާ ބައިތަކެއްގައި ވެސް ހިމެނޭ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކާ އެކު، ކުރީގެ އެކި ބައިތަކުން ފެނިފައިވާ ބައެއް ތަރިންނާއި މުޅިން އަލަށް ކާސްޓާ ގުޅުނު ތަރިން ވެސް ހިމެނެ އެވެ.

އެގޮތުން ފިލްމުން ފެންނާނެ ތަރިންގެ އަބީޝެކް ބައްޗަން، ޝްރެޔަސް ތަލްޕަޅޭ، ޖެކްލީން ފެނާންޑޭޒް، ނަރުގިސް ފަޙްރީ، ފަރުދީން ޚާން، ޑީނޯ މޯރިއާ، ޗިތުރަންގަދާ ސިންގް، ޗަންކީ ޕާންޑޭ، ސައުންދަރިއާ ޝަރުމާ، ސަންޖޭ ދަތު، ސޯނަމް ބަޖްވާ، ޖެކީ، ޝްރޮފް، ނާނާ ޕަޓޭކަރް، ޖޯނީ ލީވާ، ރަންޖީތު އަދި ނިތިކިން ދީރް ހިމެނެ އެވެ.

"ހައުސްފުލް" ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމު 2010 އާއި 2012 ގައި ގެނެސްދިނީ ސާޖިދު ޚާން ޑައިރެކްޓްކޮށެވެ. "ހައުސްފުލް 3" ސާޖިދު-ފަރުހާދު ޑައިރެކްޓްކޮށް ގެނެސްދިނީ 2016 ގަ އެވެ. އަދި "ހައުސްފުލް 3" 2016 ގައި ގެނެސްދިނީ ފަރުހާދު ޑައިރެކްޓްކޮށެވެ.

މި ހަތަރު ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

"ހައުސްފުލް 5" އަކީ މާޗްގައި ގެނެސްދިން ސަލްމާން ޚާންގެ "ސިކަންދަރު" އަށް ދަހު ސާޖިދުގެ ކުންފުނި، ނަދިއަދުވާލާ ގްރޭންޑް ސަން އިން ގެނެސްދޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރު މަންސުކާނީ އަނީ 2008 ގެ ކާމިޔާބު ފިލްމު "ދޯސްތާނާ" ގެނެސްދިން ޑައިރެކްޓަރެވެ.