އއ. ތޮއްޑޫގެ މަގުތައް ޒަމާނީކޮށް ހަދާ އިރު އެކި ކުލަ ކުލައިގެ އެކި ޑިޒައިންތަކުގެ ގާ މަގުތަކުގައި އަޅައި ދޭން އެ ރަށު ކައުންސިލުން އެދިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ތޮއްޑޫ މަގުތައް ހަދާ އިރު އެކި ކުލަ ކުލައިގެ ގާ ބޭނުންކުރުމަށް އެ ރަށު ކައުންސިލުން އެދިފައި ނުވާ ކަމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަށް މައުލޫމާތު ދެވިފައި އޮތީ ރަނގަޅަށް ނޫން ކަމަށެވެ.
އެހެންވެ އެކަން އިސްލާހު ކުރައްވައި މިނިސްޓަރު ވިދާޅުވީ ތޮއްޑޫ ކައުންސިލުން ޖެނުއަރ، 8މ 2024 ގައި ފޮނުވި ސިޓީއަކުން އެކު ކުލައިގައި ގާތައް މަގުތައް އަޅައި ދޭން އެދިފައިވާ ކަމަށާއި މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު އެކަން އިސްލާޙުކޮށް ކައުންސިލަށް އަލުން ޖަވާބު ދިނުމަށް ދަންނަވާފައިވާ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖަވާބު ދީފައި މިވަނީ ރަނގަޅަކަށްނޫނެވެ. އެކަން އިސްލާޙުކޮށް އަލުން ޖަވާބު ދިނުމަށް އަޅުގަނޑު ވާނީ ދަންނަވާފައެވެ. މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ތޮއްޑޫ އިން ރަސްމީކޮށް ސިޓީއަކުން 8 ޖަނަވަރީ 2024 ގައި އެކަމަށް… https://t.co/x2qTGUNh10
— Abdulla Muththalib (@muththo) May 27, 2025
މުއްތަލިބް ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުން ތާރު އެޅުމުގެ ބަދަލުގައި ޓޫރިސްޓިން ގަޔާވާނެ ގޮތަށް އެކި ކުލަ ކުލަ އާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ތޮއްޑު އަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އަދި މިހާރު ވެސް ޓޫރިސްޓުނގެ މެދުގައި މަގުބޫލު މަންޒިކެލެވެ.