Last Updated: May 29, 10:52
Thursday, May 29, 2025
ޚަބަރު

މަސްވެރިންގެ ދުވަހަށް ޝައުގުވެރިވާ ރަށްތަކަށް ހުޅުވާލައިފި

މި އަހަތުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ޝައުގުވެރިވާ ރަށްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ފުރުސަތު ހުޅުވައިލީ އަންނަ މަހުގެ 19 އާ ހަމައަށް ކަމަށެވެ.

މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރާމެ ރަށެއް ކަނޑައަޅަން ބަލާނެ ކަންކަމިގެ ތެރޭގައި ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެއް ހަމަ އެ އެ ދުވަހު ރަށުގައި ފާހަގަ ކުރާ ރަށަކަށް ނުވުމާއި، ދެވަނަ ފަހަރަށް މަސްވެރިންގެ ދުވަސް ފާހަގަ ކުރަން އެދިފައިވާނަމަ، އެ ރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު ވެފައިވުމާއި، މުނާޞަބަތުތައް ބޭއްވުމަށް އެ ރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ހިމެނެ އެވެ.

މީގެ އިތުރުން އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލާއި، އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި، ދުވަހާ ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެޙުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ އިންތިޒާމްތައް ރޭވިފައިވާ ގޮތާއި އެކަން ކުރުމުގެ ޤާބިލްކަން ހުރި ނެތް މިންވަރާއި، ރަށަށް ޒިޔާރަތްކުރާ މެހެމާނުން ތިބުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ ރަށަކުން ކުރުމަށް ހުށަހަޅާ ކަންކަމަށް ވެސް ބަލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިޝަރީޗް މިނިސްޓްރީން ބުނި ގޮތުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެ ރަށަކީ މަސްވެރި ރަށެއްތ ވެސް ބަލާނެ ކަމަށާއި، މަސްވެރި ރަށެއް ކަމަށް ބަލާނީ އެރަށެއްގައި ރަޖިސްޓް ކޮށްފައިވާ މަސްވެރިންގެ ޢަދަދާއި، މަސްވެރި އުޅަނދުފަހަރުގެ ޢަދަދަށް ބަލައިގެން ކަމަށެވެ.

މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރީ ބ. ތުޅާދޫގަ އެވެ.

ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ދެވަނަ މަސައްކަތުގެ ގޮތުގައި އޮތް މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ 1989 އިން ފެށިގެންނެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 އެވެ.