Last Updated: May 29, 11:24
Thursday, May 29, 2025
ކުޅިވަރު

ފައިނަލްގައި ދަނޑަށް އެރުމުގެ ފުރުސަތު ސުމައްޔާ އަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވާދަކުރާ ދެ ޓީމުގެ ކުޅުންތެރިންނާ އެކު، މެޗު ފަށަން ދަނޑަށް އަރާ ޕްލެޔާ މެސްކޮޓުންގެ ތެރޭގައި ހިމެނޭނެ ދިވެހި ނަސީބުވެރިޔާ ހޮވައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މިއަހަރު ވެސް މާސްޓަކާޑު ކަސްޓަމަރުންނަށް ހުޅުވާލާފައި ވަނީ މިދިޔަ މާޗްމަހުގެ ތެރޭގަ އެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ ސާއާދު އިބްރާހިމް، އަސްރަފީގެ/ ހއ. އުތީމު އެވެ. ޖަރުމަނުގެ މިއުނިކުގެ އެލިއަންޒް އެރީނާގައި އޮންނަ ފައިނަލް މެޗުގެ ޕްލޭޔާ މެސްކޮޓްގެ ދަށުން، ޕީއެސްޖީ އާއި އިންޓާ މިލާންގެ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ ސާއާދުގެ ދަރިފުޅު، ސުމައްޔާ ސައާދު އިބްރާހީމްއަށެވެ.

ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި ސާއާދު އާއި ސުމައްޔާއަށް ހުރިހާ ހަރަދަކާ އެކު މިއުނިކުގައި ހަތަރު ދުވަހުގެ ހުރުން ލިބޭނެ އެވެ. މީގެ ތެރޭގައި މިއުނިކް ދެކޮޅު ޓިކެޓާއި، 4 ދުވަހުގެ ހުރުމާއި، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓާއި، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓް ހިމެނެ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 12:00 ގަ އެވެ.

މާސްޓަ ކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލްއިން ދަނީ ރާއްޖޭގައި މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.