Last Updated: July 15, 16:33
Wednesday, July 15, 2026
ޚަބަރު

ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާގެ އެވޯޑް އުރީދު އަށް

ޓްވިމްބިޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސްއަށް އަނެއްކާވެސް ލިބިއްޖެ އެވެ.

އުރީދޫން ވަނީ މިދިޔަ އަހަރުވެސް މި އެވޯޑު ހާސިލުކޮށްފަ އެވެ.

ސިންގަޕޫރުގައި ބޭއްވިި ޓްވިމްބްޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑު އުރީދޫން މިފަހަރު ހޯދީ ދިރާގު، ބޫޓާން ޓެލެކޮމް އަދި ބްރޫނާއި ޑީއެސްޓީއާ ވާދަކޮށެވެ.

ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްގައި 27 ކެޓަގަރީއަކުން ފާހަގަކޮށްލެވުނު ކާމިޔާބީތަކުގެ އަގު ވަޒަންކޮށް ކުންފުނިތަކަށް އެވޯޑް ދީފައިވެ އެވެ. އެގޮތުން ޓެލްކޯ އޮފް ދަ އިޔާ އަދި ޓެލްކޯ ޓު ޓެކްކޯ އޮފް ދަ އިޔާ ފަދަ ދާއިރާތަކަށް އެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކުރި އެވެ.

ޓްވިމްބްޓް އެވޯޑްސް ހަފުލާގައި ކާމިޔާބީ ހޯދި ކުންފުނިތަކުގެ ތެރޭގައި އުރީދޫގެ އިތުރުން ޓައިވާން މޮބައިލް، ރިލަޔަންސް ޖިއޯ، ސޮފްޓް ބޭންކް، އޭއައިއެސް، ސިންގްޓެލް، އެސްކޭ ޓެލެކޮމް ފާހަގަކޮށްލެވެ އެވެ.