Last Updated: May 29, 10:52
Thursday, May 29, 2025
ކުޅިވަރު

އިތުރު 6 އަހަރަށް ޔަމާލް ކޮންޓްރެކްޓް އާކޮށްފި

ބާސެލޯނާގެ ލަމީން ޔަމާލް، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު 6 އަހަރަށް އާކޮށްފި އެވެ.

ޔަމާލް ،17، ސިޓީއާއެކު އަލަށް ހެދި ދިގު މުއްދަތުގެ ކޮންޓްރެކްޓް ހަމަވާނީ 2031 ގެ ނިޔަލަށެވެ.

އުމުރުން 15 އަހަރުގައި ބާސާގެ ސީނިއާ ޓީމަށް ކުޅެން ފެށި ޔަމާލް ވަނީ މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބާސާއަށް ކުޅެދިން 55 މެޗުގައި 18 ގޯލު ކާމިޔާބުކޮށް 25 އެސިސްޓް ވަނީ ހަދައިފަ އެވެ. ބާސާއަށް ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ހޯދައިދިނުމުގައި ޔަމާލް ވަނީ މުހިއްމު ރޯލެއް ކުޅެފަ އެވެ.

ޔަމާލް އަކީ ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަ ކަޕްގެ ތާރީހުގައި ވެސް ގޯލު ކާމިޔާބުކުރި އެންމެ ހަނގު ކުޅުންތެރިޔާ އެވެ. އަދި އޭނާއަކީ ބާސާއަށް 100 މެޗު ހަމަކުރި އެންމެ ހަނގު ކުޅުންތެރިޔާ ވެސް މެ އެވެ.

ބާސާގައި ދެއްކި މޮޅު ކުޅުމާއެކު ސްޕެއިންގެ ގައުމީ ޓީމުން ވެސް އޭނާއަށް ވަނީ ޖާގަ ލިބިގެން ގޮސްފަ އެވެ. އެގޮތުން ސްޕެއިންގެ ގައުމީ ޓީމަށް 19 މެޗު ޔަމާލް ކުޅެދީފައިވާއިރު، މިދިޔަ އަހަރުގެ ޔޫރޯ ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި ވެސް ޔަމާލް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ޔަމާލްގެ އިތުރުން ބާސާއިން ދާދިފަހުން އެ ކްލަބުގެ ކޯޗު ހަންސީ ފްލިކް އާއި ރަފީނިއާގެ ކޮންޓްރެކްޓް ވެސް އާކޮށްފަ އެވެ.