Last Updated: June 2, 00:08
Sunday, June 1, 2025
ޚަބަރު

ދިވެހި އުފެއްދުންތަކުގެ އެކްސްޕޯޓަށް ފުޅާކުރަން ދިރާސާތަކެއް

ރާއްހޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ބޭރަށް އެކްސްޕޯޓް ކުރުމަށް ހުރި ދަތިތައް ދެނެގަތުމަށް ދިރާސާތަކެއް ހަދަން ނިންމައިފި އެވެ.

މި ދިރާސާތައް ހަދަން ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓްރޫ އާއި ގުޅިގެންނެވެ. އެގޮތުން މިހާރު ވަނީ މިކަމަށްޓަކައި ދެ ފަރާތުން އެއްބަސްވުމެއްގައި ސޮއި ވެސް ކޮށް އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސަޢީދެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އަށް ކަނޑައަޅުއްވާފައި ރެޕްރެޒެންޓެޓިވް ސަފީރު އެންރީކޯ ގަވޭލިއާ އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ވިޔަފާރިތަކަށް އެކްސްޕޯޓު ކުރުމުގައި އެކި ދާއިރާތަކުން ހުރި ދަތިތައް ދެނެގަންނާނެ އެވެ.
އެގޮތުން އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓުގައި ހަރަކާތްތެރިވުމަށް، މިހާރު ދިމާވާ ދަތިތައް ދެނެގަންނާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓު ކުރުމުގައި މިހާރު ރެގިއުލޭޓަރީ ކަންކަމާއި އެކްސްޕޯޓު މަރުހަލާގައި ހޯދަން ޖެހޭ ހުއްދަތަކާއި ސެޓިފިކޭޝަން މިންގަނޑުތަކަށް ވާސިލްވުމުގަ އާއި، ރަޖިސްޓްރީ ކުރުމުގެ މަރުހަލާތަކުގައި ގޮންހުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ އެފަދަ އޭގެ ސަބަބުން ބައިނައަޤްވާމި ވެލިއުޗެއިންގައި ރާއްޖޭގެ ވިޔަފާރިތަކަށް ފުރުސަތު ނުލިބޭ ކަމަށް ބުންޏެވެ.

"ގިނަ އަދަދަކަށް މަސް ނުވަތަ ސީފުޑް ބާވަތްތައް އެކްސްޕޯޓް މި ކުރަނީ. އޭގެ އިތުރަށް އެކްސްޕޯޓަބަލް ނުވަތަ މާކެޓަށް ނެރެވިދާނޭ ބާވަތްތައް އެބަހުރި ޝައްކެއްވެސް ނެތް. އެހެން ނަމަވެސް އެކަން ކުރުމަށް ހުރަސްތަކެއް އެބަހުރި،" ސައީދު ވިދާޅުވި އެވެ. "އެހެންވީމަ މި ޕްރޮގްރާމުގެ ތެރެއިން އެ ޗެލެންޖެސްތައް އައިޑެންޓިފައިވެ އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެން ދާނެ. އެހެންވީމަ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތައް ބާރު ލިބޭ ގޮތަށް ޔޫއެންޑީޕީން މި ފެއްޓެވި އިނީޝިއޭޓިވްއަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން."

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކޮށް 2030 ގެ ކުރިން ރާއްޖޭގެ މުޅި އުފެއްދުންތެރިކަމުގެ 15 ޕަސެންޓް ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީ އަށް ހަދަން ވެސް ބޭނުންވާ ކަމަށެވެ.