Last Updated: August 22, 16:10
Friday, August 22, 2025
ޚަބަރު

ވޮލީ ރެފްރީ ކޯހެއް ފަށައިފި

ވޮލީ ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ފަށައި ފިއެވެ.

މި މަހުގެ 26 އިން ފެށިގެން އަންނަ އަންނަ މަހުގެ 24ގެ ނިޔަލަށް ކުރިއަށްދާ މި ކޯހަކީ ސްޕޯޓްސް މިނިސްރީގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

މާލޭގައި ކުރިއަށް ގެންދާ ވޮލީ ރެފްރީ ކޯހުގައި 19 މީހަކު ބައިވެރިވެ އެވެ.

މިނިސްޓްރީން ބުނީ މިއީ ގައުމީ ފެންވަރެއްގައި އޮފިޝަލް ކުރުމަށް ބޭނުންވާ މުހިންމު ޢިލްމާއި ހުނަރު ވޮލީ ރެފްރީންނަށް ފޯރުކޮށް ދިނުމަށް ފަރުމާކޮށްފައިވާ ޕުރޮގްރާމެއ ކަމަށެވެ.