Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އައްޑޫގައި އަނެއްކާ ވެސް ނިޔަމި ކޯހެއް

އައްޑޫގައި އަނެއްކާ ވެސް ނިޔަމި ކޯހެއް ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިއީ އަލަށް ކަނޑު އުޅަނދު ދުއްވަން ޝައުގުވެރިވާ މީހުންނާއި މަސްވެރިންނަށް އަމާޒުކޮށްގެން މެރިޓައިމް ޓްރެއިނިން އިންސްޓިޓިއުޓާއި އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

އެހެންވެ "ނިޔަމި ކޯސް 2" ގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވާނީ ބައިވެރިވާ ފަރާތުގެ މައުލޫމާތު މި ނަމްބަރަށް 7925003 ވައިބާކޮށްގެން ނުވަތަ މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އައްޑޫގައި ނިޔަމި ކޯހަކަށް ހުޅުވައިލި އެވެ.