Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ހުޅުމާލެ އަށް މިރޭ ވެސް ހަވާ ވިދުންގަނޑު!

ހުޅުމާލޭގައި ވެސް މިރޭ ވެސް ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފޭސް އެކެއްގެ ރިވެލި ބީޗްގައި ހަވާ އަރުވާނީ 8:00 ގައި ކަމަށެވެ.

މިރޭ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކަމަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ބުންޏެވެ. ހަވާ އެރުވުން ތިން މިނިޓަށް ދެމިގެން ދާނެ އެވެ.

މިއީ ހުޅުމާލޭގައި މި ހަފުތާގެ ތެރޭގައި ހަވާ އަރުވާ ތިން ވަނަ ފަހަރެވެ.