Last Updated: May 30, 21:29
Saturday, May 31, 2025
ޚަބަރު

އީދާ ގުޅިގެން އިތުރު ދުވަސްތަކެއް ބަންދެއް ނުވާނެ

މި އަހަރުގެ ބޮޑު އީދާ ގުޅިގެން ކަލަންޑަރުގައި ބަންދުކުރަން ނިންމާފައިވާ ދުވަސްތަކުގެ އިތުރުން އެއްވެސް ދުވަހެއް ބަންދު ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ދުވަހަކީ އަންނަ މަހުގެ 5 ކަމަށް ސައުދީ އަރަބިއްޔާ އުން ނިންމާފައިވާތީ މިހާރު ވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ފިޔަވައި އިތުރު ދުވަހެއް ބަންދު ނުކުރަން ނިންމާފައިވާ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން އީދާ ގުޅިގެން ބަންދު ވާނީ އަންނަ މަހުގެ 8 އާއި 9 އަދި 10 ވަނަ ދުވަހެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުލަ ގަދަކޮށް ބޮޑު އީދު ފާހަގަ ކުރަން ތައްޔާރީތައްވަމުން އަންނަ އިރު، ގައުމީ ފެންވަރުގައި މި އަހަރު އީދު ފާހަގަ ކުރަން ނިންމާފައި ވަނީ ތިން ރަށެއްގަ އެވެ. ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި އެ ތިން ރަށަކީ ހއ ކެލަ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ.