އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ އާ އަލްބަމް "ސަމްތިން ބިއުޓިފުލް" މި މަހުގެ 30 ގައި ރިލީޒްކުރާނެކަން އިއުލާންކޮށްފި އެވެ.
ޖުމްލަ 13 ޓްރެކް ހިމެނޭ މި އަލްބަމް ނެރޭނޫ ކޮލަމްބިއާ ރެކޯޑްސްގެ ތައްގަނޑުގަ އެވެ.
"ސަމްތިން ބިއުޓިފުލް" ގައި ހިމެނޭ ލަވަތަކަކީ "ޕްރިލޫޑް"، "އެންޑް އޮފް ދަ ވޯ"، "މޯ ޓު ލޫޒް"، "އިންޓަލޫޑް 1"، "އީޒީ ލަވާ"، "އިިންޓަލޫދް 2"، "ގޯލްޑް ބާނިން ސަން"، "ވޯކް އޮފް ފޭމް"، "ޕްރެޓެންޑް ޔޫ އާ ގުޑް"، "އިވްރީ ގާލް ޔޫ ހޭވް އެވާ ލަވްޑް"، "ރީބޯން"، "ގިވް މީ ލަވް" އަދި ޓައިޓްލް ޓްރެކް "ސަމްތިން ބިއުޓިފުލް" އެވެ.
މި އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން "އިވްރީ ގާލް ޔޫ ހޭވް އެވާ ލަވްޑް" ގައި ނައޯމީ ކޭމްޕްބެލް ހިއްސާވެފައިވާ އިރު، "ވޯކް އޮފް ފޭމް" ގައި ބްރިޓަނީ ހަވާޑް ހިއްސާވެ އެވެ.
"ސަމްތިން ބިއުޓިފުލް" ގެ ލަވަތަކުގެ ތެރެއިން "އެންޑް އޮފް ދަ ވޯ" މި މަހުގެ 3 ގައި އާންމުކޮށްފައިވެ އެވެ.
މި އަލްބަމަކީ ތިން ގްރެމީ އެވޯޑްގެ އިތުރުން ވެސް މިއުޒިކީ ދާއިރާގެ އެތައް އެވޯޑެއް ހާސިލުކޮށްފައިވާ މައިލީގެ 9 ވަނަ ސްޓޫޑިއޯ އަލްބަމެވެ. މިހާރު އުމުރުން 32 އަހަރުގެ ފަންނާނުގެ އެންމެ ފަހުގެ އަލްބަމަކީ 2023 ގެ "އެންޑްލެސް ސަމާ ވެކޭޝަން" އެވެ.
ބަތަލާއެއްގެ ގޮތުގައި މަސައްކަތް ކުރާ މައިލީ އަކީ ސުޕަހީރޯ ކެރެކްޓާ "ތޯ" ގެ ރޯލު ކުޅޭ އެކްޓަރު ކްރިސް ހެމްސްވޯތުގެ ކޮއްކޮ، އެކްޓަރު ލިއަމް ހެމްސްވޯތުގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ 2018 ގެ ކައިވެނި ރޫޅައިލީ 2020 ގަ އެވެ.