Last Updated: May 31, 06:06
Saturday, May 31, 2025
ޚަބަރު

ދަރިވަރެއްގެ އިނގިލި ބިންދާލި ޓީޗަރު ހައްޔަރުކޮށްފި

ދަރިވަރެއްގެ އިނގިލި މިދިޔަ ހޯމަ ދުވަހު ބިންދާލި ތ. ކަނޑޫދޫ ސްކޫލްގެ ބިދޭސީ ޓީޗަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އިންޑިއާގެ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ.

އޭނަ އަނިޔާކޮށްފައި ވަނީ 11 އަހަރުގެ ފިރިހެން ދަރިވަރަކަށެވެ. އެ ދަރިވަރުގެ އިނގިލި އަނބުރައި ބިންދައިލުމާ ގުޅިގެން ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ.

ދާދި ފަހުން އައްޑޫގެ ސްކޫލެއްގެ ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި މައްސަލައެެއް ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.