Last Updated: August 22, 16:10
Friday, August 22, 2025
ޚަބަރު

އަލިފުށީގައި ބަންގި ގޮވާނެ ދަރިވަރުން ހޯދަނީ

ރ. އަލިފުށީގައި ހުކުރު ކުރާ މިސްކިތްތަކުގައި ހުކުރު ދުވަހު ބަންގި ގޮވާނެ ދަރިވަރުބް ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ މިކަމަށް ހުޅުވައިލީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ދަރިވަރުން ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އަލިފުށީ ކައުންސިލުން ބުނީ ބަންގި ގޮވުމަށް ކުދިން ހޮވާނީ ބަންގި ގޮވުމުގެ ހުނަރުވެރިކަން ބެލުމަށް ޓެސްޓު ކުރުމަށް ފަހު އެވެ.

ދާދި ފަހުން އިސްލާމިކް މިނިސްޓްރީން ބަންގި ގޮވުމުގެ މުބާރާތެއް ބާއްވާފައިވާ އިރު، ބައެއް އަތޮޅުތަކުގެ ކައުންސިލްތަކުން މިހާތަނަށް އިންތިޒާމުކޮށްގެން ކުދިންނަށް ރީއްޗަށް ބަންގި ގޮވަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގާފައިވެ އެވެ.