ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ތެރެއިން ފުރަތަމަ ދެ ގްރޫޕްގައި ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި ހައްޖު މިޝަނުން ގެންދަނީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ހައްޖަށްދާ މީހުންގެ ތެރެއިން ސައުދީ އަށް ގޮސްފައި ވަނީ 499 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އިއްޔެ ފުރި ދެވަނަ ގްރޫޕްގައި ދިޔަ 256 ހައްޖާޖީންނާއި 26 ވަނަ ދުވަހު ދިޔަ 235 ހައްޖާދީންނެވެ.
ބާކީ ތިބި ހައްޖާޖީން ފުރާނީ މާދަމާ އާއި އަންނަ ހުކުރު ދުވަހު އެވެ. ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ.
ޝަހީމު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ވަނީ މި އަހަރު ވެސް ހައްޖުވެރިންގެ ކަންކަމުގައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައި ކަމަށެވެ.