Last Updated: May 31, 06:06
Saturday, May 31, 2025
ޚަބަރު

ހުޅުމާލޭގެ މާސްޓަޕްލޭން އާންމުންގެ ހިޔާލަށް

އަލުން މުރާޖާކޮށް، މިދިޔަ ހޯމަ ދުވަހު އިފުތިތާހުކުރި ހުޅުމާލޭގެ މާސްޓާޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މާސްޓާޕްލޭން އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެފައި ވަނީ މި މާސްޓާޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައި ދިނުމަށް އިތުރު ވަސީލަތްތަކާ އެކު، ހުޅުމާލެ ތަރައްގީ ކުރަން ކުރެވޭ މަސައްކަތުގެ މުހިންމު ބައެެއް ކަމަށެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލޭގެ "ރިވައިޒްޑް މާސްޓާޕްލޭނަށް" ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ.

މި މާސްޓާޕްލޭނާ ގުޅޭ ހުރިހާ މައުލޫމާތެއް ހުޅުމާލޭގެ އާ ވެބްސައިޓްގައި ހިމަނާފައިވާ ހާއްސަކޮށްފައިވާ ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެ އެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 އެވެ.

އެޗްޑީސީން ބުނީ މާސްޓާޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށް ފަހު އެވެ.

ހުޅުމާލެ އަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރައި ތަރައްގީވަމުން އަންނަ ސިޓީ އެވެ.