Last Updated: May 30, 21:29
Saturday, May 31, 2025
ޚަބަރު

ދެ ވަކީލެއްގެ ހުއްދަ ހިފަހައްޓައިފި

ބާ ކައުންސިލުން ދެ ވަކީލެއްގެ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓައި ފިޔަވަޅު އަޅައިފި އެވެ.

ބާ ކައުންސިލުން ފިޔަވަޅު އެޅި ދެ ވަކީލުންނަކީ މެހެނާޒް ހުސައިން އާއި ޒުންނަވާރު ސަލީމަށެވެ. މިއީ ދެމަފިރިންނެވެ.

ބާ ކައުންސިލުން ބުނީ 2021 އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި ވަކީލް މެހެނާޒް ހުސައިނަށް ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް ވަކީލު ޒުންނަވާރު ސަލީމް އެ ސިއްކައިގައި މެހެނާޒް ސޮއިކޮށް އެއްބަސްވުން، ނޮޓަޒަރައިޒްކޮށްފައިވާކަމަށް ބަޔާންކޮށް، ދެ ވަކީލުންނަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ސުލޫކީ ޝަކުވާއާ ގުޅިގެން ދެ ވަކީލުންނަށްވެސް ދޫކޮށްފައިވާ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

މި ދެ ވަކީލުންގެ އަމަލަކީ ޕަބްލިކް ނޯޓަރީގެ ހިދުމަތުގެ ސައްހަކަމާމެދު އާންމުންގެެ މެދުގައި، ސުވާލު އުފެދޭނެފަދަ އަމަލުތަކެއް ކަމަށާއި އަދި އެ އަމަލުތަކުގެ ސަބަބުން އާންމު މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި، މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެކަމެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އަދި މި ކަމަކީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭނެ އަމަލުތަކެއްކަން ފާހަގަކޮށް، އެއީ ގަވާއިދާ ޚިލާފު އަމަލުތަކެއް ކަމަށް މައްސަލަ ބެލި ޕެނަލުން ވަނީ ނިންމައިފަ އެވެ.

މެހެނާޒާއި ޒުންނަވާރު، ގާނޫނީ ފަންނުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މެހެނާޒުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ 12 މަސްދުވަހަށް ހިފަހައްޓައި، ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސްދުވަހަށް ހިފެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.