Last Updated: May 31, 06:26
Saturday, May 31, 2025
ޚަބަރު

18 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން ހަދަން ހަވާލުކޮށްފި

ސިއްހީ ހިދުމަތްދޭ ތަންތަން ހަވާލުކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ 18 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް ހަދަން ސަރުކާރުގެ ތިން ކުންފުންޏާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށްރަށުގައި އެ އިމާރާތްތައް ހަދަން ހަވާލުކުރީ އާރްޑީސީ، ފެނަކަ ކޯޕަރޭޝަންގެ އިތުރުން އެމްޓީސީސީއާ އެވެ.

އެގޮތުން ފެނަކައާ ހަވާލުކުރީ 9 ރަށެއްގައި ހެލްތު ފެސިލިޓީ ތަރައްޤީ ކުރުމަށެވެ. އަދި އެމްޓީސީސީއާ ފަސް ހެލްތު ފެސިލިޓީ ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާއިރު އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހަތަރު ހެލްތު ފެސިލިޓީއެއް ތަރައްޤީ ކުރުމަށެވެ.

އާރްޑީސީއާ ހަވާލުކޮށްފައިވަނީ:

ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ރ. މީދޫ ހޮސްޕިޓަލްގެ އާ އިމާރާތް
މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ގއ. ދާންދޫ ހޮސްޕިޓަލްގެ އާ އިމާރާތް

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ:

ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް
ހއ. އުލިގަމު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ރ. އިންނަމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް
ދ. ހުޅުދެލީ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް

ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފައިވަނީ:

ހއ. މުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ހއ. މޮޅަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް
ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ރ. ކިނޮޅަސް ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ރ. ފައިނު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް
ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތް
ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތް